ުމާލޭގެ މަގެއްގައި މިއަދު ކުޑަކުއްޖަކު އުރައިގެން ހުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށް ފަހު ސައިކަލު ދުއްވަން އިން މީހާ ފިލައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ދުނބުރި މަގުގައި ކުޑަކުއްޖެއް އުރައިގެން ހުރި އަންހެން މީހާ ގައިގައި ސައިކަލުން ޖައްސައި ފިލި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން އަންހެން މީހާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށާއި ނަމަވެސް ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ. އަދި ކުޑަކުއްޖާއަށް އަނިޔާއެއް ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.