ބަލަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް ކަމަށް ބުނެ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މ. ފާރޮށިގޭގައި ހުންނަ ލިޓަސް ކުންފުނީގެ އޮފީހަށް ވަދެއްޖެ އެވެ.

ލިޓަސް އޮފީހުގައި ފުލުހުންވެސް ހަރަކާތްތެރި ވާއިރު ފުލުހުން ބުނީ އެތަނުގައި ހަރަކާތްތެރި ވަމުންދަނީ ކަސްޓަމްސްގެ އެދުމުގެމަތިން، އެފަރާތަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމަށެވެ.

ކަސްޓަމްސްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ލިޓަސް އޮފީހަށް ކަސްޓަމްސްއިން ވަނީ އެތަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ބައެއް ލިޔެކިޔުންތައް ޗެކް ކުރުމަށް ކަމަށެވެ.

ނަމަވެސް މައްސަލައިގެ ތަފްސީލެއް ކަސްޓަމްސްއިން ނުދެއެވެ.

ކަސްޓަމްސްއިން ބުނީ ތަހުގީގުކުރާ މައްސަލައަކަށް ވާތީ މައުލޫމާތު ދެވެން ނެތް ކަަމަށެވެ. އަދި ތަހުގީގު ނިމުމުން މީޑިއާއާ މައުލޫމާތު ހިއްސާ ކުރާނޭ ކަމަށެވެ.