މިދިޔަ ރަމަޟާން މަހު ހޮޓެލް ޖެންއަށް ރޯދަ ވީއްލާން ޒިޔާރާތްކުރި ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮމޯޝަނުގެ ގުރުއަތު ނެގުން ބޭއްވި އިރު، ތިން ވަނައަށް މޯލްޑިވިއަން އެއާލައިނުން ހުށަހެޅި ޓްރިވެންޑްރަމް ދެކޮޅު ޓިކެޓު ލިބުނީ ގ. އަންތަރެސް، އިސްމާއިލް ވަހީދު އަށެވެ.

ދެވަނައަށް ދާ ފަރާތަކަށް މޯލްޑިވިއަން އެއާލައިނުން ހުށަހެޅި އިންޑިއާ އަދި ޗެންނާއި ދެކޮޅު ޓިކެޓު ލިބުނީ ސ. ހިތަދޫ، ހަންހާރުގެ، މުހައްމަދު ހަސީމް ހަސަނަށެވެ. އެއްވަނަ އިނާމުގެ ނަސީބުވެރިއަކަށް ހޮވުނީ ހ. ރިއަލް ނައިޓު، ޝިޒްނީ ޝަރީފެވެ.

އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ލިޓަސް އޮޓޯމޯބައިލްސްގެ ފަރާތުން ޔަމަހާ ޖީޓީ 125 ސައިކަލެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަސީބުވެރީން ހޮވާފައިވާއިރު ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވީ ނަސީބުވެރި ފަރާތްތަކާ އިނާމު ހަވާލު ކުރުމަށް އަންނަ ހަފްތާގެ ދުވަހެއްގައި ހަފްލާއެއް ބާއްވާނެ ކަމަށެވެ.