މި އަހަރުގެ ފަހުކޮޅު ރ. ފިލައިދޫގައި "ރީތިފަރު ރިސޯޓު" ހުޅުވުމަށް ތައްޔާރުވަމުން އެބަދެ އެވެ.

ބ. ފޮނިމަގޫދޫގައި "ރީތިބީޗު ރިސޯޓު" ހިންގާ މެހަގަނީ ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ ރީތިފަރު ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ.

ރީތިފަރު ރިސޯޓު --

އެ ރިސޯޓުގައި 150 ވިލާ ހުންނާނެ ކަމަށް އެ ރިސޯޓުގެ ވެބްސައިޓުގައި ބުނެ އެވެ. މި ވިލާތައް ހުންނާނީ ދިވެހި ސަގާފީ ސްޓައިލަށް ހަދައި، ރަނގަޅަށް ފާރނިޝްކޮށްފައި ކަމަށް ރިސޯޓުން ބުނެ އެވެ.

ރީތިފަރުގައި ގިނަ ރެސްޓޯރަންޓްތަކެއް ވެސް ހުންނަ އިރު، ޑައިވިންގް، ވޯޓާ ސްޕޯޓްސް، ޓެނިސް، ބެޑްމިންޓަން ކުޅެވޭނެ އިންތިޒާމުތައް ހުންނާނެ އެވެ. އަދި ޖިމަކާއި އެރޮބިކްސް ރޫމެއް އަދި ސްޕާ ވެސް އެ ރިސޯޓުގައި ހުންނާނެ ކަމަށް ރީތިފަރުގެ ވެބްސައިޓުގައި ބުނެ އެވެ.

ރީތިފަރު ރިސޯޓު --

ރީތިފަރު ރިސޯޓު ތަރައްގީކުރަމުން އަންނަ ރ. ފިލައިދޫ، މެހަގަނީ ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގަ އެވެ.