20 Jul 2017, 09:02
ވ. ކެޔޮދޫއިން ފެނުނު ފިސްތޯލުގެ ތަހުގީގް އަދި ނުނިމޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފިސްތޯލެއް ކަމަށް ބެލެވޭ އެއްޗެއް އެ ރަށު ގޮނޑުދޮށުން މީގެ 20 ދުވަސް ކުރިންފެނިފައިވަނީބަނދަރު ސަރަހައްދުގައި ކުޅެންތިބި ކުދިންތަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ އެފިސްތޯލުގެ ހަގީގަތް ދެނެގަތުމަށް ފޮރިންސިކް ތަހުގީގްތައް ކުރަމުން އަންނަ ކަމަށާއި އަދި އެމައްސަލާގެ ތަހުގީގް ނުނިމޭ ކަމަށެވެ.
މިހާތަނަށް އެމައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން ބ.ހިބަޅިދޫގެ ފަޅުތެރެއިންވަނީ ހަނގުރާމަ ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ފެނިފައެވެ. އެފަހަރު ފެނުނު ހަތިޔާރުތަކުގެ ތެރޭގައި ސިފައިންގޭ ހަތިޔާރުވެސް ހިމެނެއެވެ.