19 Jul 2017, 19:23
ހަމާމް ބްރޭންޑުގެ ފާޚާނާ ސާމާނަށް ޚާއްސަ ޝޯރޫމެއް ނަލަހިޔާ އިން މާލޭގައި ހުޅުވައިފިއެވެ.
އެ ޝޯރޫމް މިއަދު ހުޅުވައިދެއްވީ ނަލަހިޔާ ގްރޫޕުގެ ޗެއާމަން އިބްރާހިމް ވަހީދު އަލީ އެވެ. އެ ޝޯރޫމް ހުޅުވީ "ނަލަހިޔާ ހެންވޭރު"ގެ ނަމުގައެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ ސޭލްސް މެނޭޖަރު އަބްދުލް ހަމީދު ވިދާޅުވީ އެ ފިހާރައިން ފާޚާނާގައި ބޭނުން ކުރާ ޓައިލްސްއާއި ޝަވަރު އަދި ގޭތެރޭގައި ބޭނުން ކުރާ ވަކަރު ދޮރުފަތް ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށެވެ. އަދި ރިސޯޓުތަކުގެ ޖެޓީތަކާއި އައުޓް ޑޯގައި ބޭނުން ކުރަން ޚާއްސަ ވުޑް ޕްލޭންކްވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޝޯ ރޫމް ހުންނާނީ ކުރިން އުރީދޫ އެކްސްޕީރިއެންސް ސެންޓަރު ހުރި ތަނުގައި މަޖީދީ މަގުގައެވެ.