18 Jul 2017, 14:41
މިއަދުގެ ފެނިގެންދަނީ އާއިލާއަކަށް ތަފާތުކުރުމެއް ނެތި ގާނޫނު ތަންފީޒުކުރަމުންދާ ތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކޮށްފައި ވަނިކޮށެވެ.
ފާރިސް އަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮނޑުބޭބެ ވިދާޅުވާ އާއިލީ ގޮތުން ގުޅިފައިވާ ބޭފުޅެކެވެ.
ފާރިސް ހައްޔަރުކުރިތާ މާގިނައިރުތަކެއްނެވެ، އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު މި ފެނިގެން ދަނީ ހަސަބަކަށް ނަސަބަކަށް އަދި އާއިލާ އަކަށް ތަފާތުކުރުމެއް ނެތި ގާނޫނު ތަންފީޒުކުރާ މަންޒަރުކަމަށެވެ.
Mi'adhu mi fennanee hasabakah,nasabakah,aailaa aka thafaathu kurumeh nethi qaanoon thanfeez vamun dhaa than.
— Abdul Raheem Abdulla (@Banafsaa)July 18, 2017
ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މިއަދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމަރެއްގެ ދަށުން އޭނާ ދިރިއުޅުއްވަމުން ގެންދަވާ މއ. ސުނޯރޯސް ބަލައި ފާސްކުރުމަށްފަހު އެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދުއަށް ގެންގޮސްފަ އެވެ.