18 Jul 2017, 14:29
ދަރުބާރުގޭ ކައިރިން ރޭ ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް މިއަދު ވިދާޅުވީ ރޭ 7:21 އެހާކަންހާއިރު ސައިކަލެއްގައި ދިޔަ ދެ މީހަކު ދަރުބާރުގޭ ކައިރިނެ ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމާދިނުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލާގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ އިރު އެ މައްސަލަ އަންނަނީ އިތުރަށް ތަހްގީގު ކުރަމުން ކަމަށެވެ.
ފޭރިފައި ވަނީ 22 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްގެ އަތުންކަމަށް ފުލުހުން ބުނެ އެވެ.
އޮފިޝަލް ވިދާޅުވީ ރޭ ފޭރިގަންފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރޭ އެ ބިދޭސީ މީހާގެ އަތުން 300،000 ރުފިޔާ ފޭރިގެންފައިވެ އެވެ. އެ ފައިސާ ހުރީ އޭނާގެ ދަބަސްތެރޭގައި ކަމަށްވެ އެވެ.