18 Jul 2017, 10:37
މިއަދު ހަވީރު ވެލެންސިއާ އާ ދެކޮޅަށް ޔުނައިޓެޑް ވިކަޓަރީ ނުކުންނައިރު ސަޕޯޓަރުން ބަލާ ހިތްވާ ކަހަލަ ޝައުގުވެރި މެޗެއް ފެނިގެންދާނެ ކަަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުުހައްމަދު ނަޒީހު ބުނެފި އެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒީހު ބުނީ ފެނިގެންދާނީ ޝައުގުވެރި މެޗެއް ކަމަށާއި ދެ ޓީމް ތާވަލްގެ ފުލުގައި އޮތް ނަމަވެސް ކުރިއަށް ވެސް މުހިއްމު ބައެއް މުބާރަތްތައް ހުރުމުން މިއަދުގެ މެޗު މުހިއްމު ވެގެންދާނެ ކަމަށެވެ.
ނަޒީހު ބުނީ އޭނާއަކީ އަބަދު ވެސް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާ ކޯޗެއް ނަމަވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެ ޖޯޝް އެއްވެސް މެޗަކުން ނުފެނުނު ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން ޓީސީއާ ދެކޮޅަށް ޔޫވީން ކުޅުނު މެޗުން ވަރަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި އެއީ ނުކުމެގެންވާޏެ ނަތީޖާއެއް ނޫން ކަމަށެވެ.
ޒުވާން ކޯޗް ބުނީ މި ސީޒަނުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޔޫވީގެ ފަރާތުން ތަފާތު ތަކެއް ފެންނާނެ ކަމަށާއި އެ ޓީމަށް ރަނގަޅު މޮޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މިފަހަރު ކުޅުންތެރިން ނެގުމުގައި މަޝްހޫރު ނަންތަކަށް ބެލުމުގެ ބަދަލުގައި މަސައްކަތް ކުރާނީ މަސައްކަތުގެ ރޭޓް ރަނގަޅު ޒުވާން ކުދިން ސްކޮޑަށް ނެގުން ކަމަށެވެ.
މިއަދު ހަވީރު 16:00ގައި ޔޫވީ އަދި ވެލެންސިއާ ކުޅޭ މެޗު ފަށާއިރު އެ ދެ ޓީމަށް ވެސް ވަނީ ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުޞަތު ގެއްލިފަ އެވެ.