ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ފަތިހު މަރުވެއްޖެ އެވެ.

ފަރުވާ ދެމުންދަނިކޮށް މަރުވީ ހ. ލަންދޫގެ އިރުމަތީބައި، މުޙައްމަދު ބަދީޢު، 52، އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވި ގޮތުގައި މުހައްމަދު ބަދީއު ނިޔާވެފައި ވަނީ ހަކުރު ބައްޔަށް ފަރުވާ ދެމުން ގެންދަނިކޮށް ކަމަށެވެ.

ބަދީއުއަކީ މާލޭޖަލުގައި 10 އަހަރާއި 6 މަސްދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންގެންދިޔަ ގައިދީއެކެވެ. އޭނާ ތަންފީޒު ކުރަމުނ ްދިޔައީ ކޮން ކުށަކާ ގުޅޭ ހުކުމެއް ކަމެއް ލުގުމާން ވިދާޅެއް ނުވި އެވެ.

ފާއިތުވި އަހަރު ޖަލުތަކުގައި ތަފާތު އެކިއެކި ސަބަބުތަކާހުރެ ހަ ގައިދީއަކު ވަނީ މަރުވެފަ އެވެ.