16 Jul 2017, 15:55
އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގް( ދަނގަޑޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރިތަކުރުން ތަކަށް ނުކުމެއްޖއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަޝްފާގު ކުޅުމާއި ދުރުގައި ހުރެފައިވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އަޝްފާގު އަލުން ނިއުރޭޑިއަންޓްގެ ޕްރެކްޓިސް ތަކަށް ނިކުމެފައިވަނީ އިއްޔެއެވެ.
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އަލީ އަޝްފާޤު (ދަގަނޑޭ)ގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ މީގެ ދެމަސް ދުވަސް ކުރިންނެވެ.
ދަގަނޑޭގެ ކަކުލުގެ އޮޕަރޭޝަން ކޮށްފައި ވަނީ އަވައްޓެރި ސްރީ ލަންކާގަ އެވެ. ކަކުލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމަށް ދަގަނޑޭ ވަނީ ލަންކާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.
ކަކުލުގެ އޮޕަރޭޝަނަށް ފަހު، ދަގަނޑޭ ވަނީ، އެކަމުގައި އޭނާއަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކޮށްފަ އެވެ.
ދަގަނޑޭ އަބުރާ ނިއުއާ ގުޅިފައިވާއިރު ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި، މިހާރު އުމުރުން 31 އަހަރުގެ ފޯވާޑް ވަނީ މީގެ ކުރީންވެސް ދެފަހަރެއްގެ މަތީން ނިއުއަށް ކުޅެ އެ ކްލަބާއެކު ކާމިޔާބީތަކެއް ހޯދައިފައެވެ.