މިދިޔަ ހުކުރުދުވަހު އެމެރިކާއިން އޮސްޓްރޭލިއާގައި ރެފިއުޖީން އެގައުމަށް ގެންދިޔުމަށް ކުރަމުންގެންދިޔަ އިންޓަވިއުތައް ކުއްލިގޮތަކަށް މެދުކަނޑާލުމަށްފަހު އެކަމުގައި މަޝްއޫލުވެގެން އުޅުނު އޮފިޝަލުން ފުރައިފިއެވެ.

މިފިޔަވަޅުގެ ސަބަބުން އެމެރިކާއިން އެ ރެފިއުޖީން އެގައުމުގައި ވަޒަންވެރިވުމަށް ފުރުޞަތު ދޭނެކަމާ މެދު އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.

އެމެރިކާއިން ރެފިއުޖީން ނެގުމަށް ހޮވާފައިވާ ޓީމު އޮސްޓްރޭލިއާ ސަރަހައްދުގައި އޮންނަ ނައުރޫ އައިލެންޑްގައި ރެފިއުޖީން ނެގުމަށް ހަރަކާތްތެރިވުމަށް ހަމަޖެހިފައިއޮތީ މިހިނގާ މަހުގެ 26 އާ ހަމަޔަށް ކަމުގައިވިޔަސް އެމީހުންވަނީ ހުސްވި ހުކުރު ދުވަހު އަނބުރާ އެމެރިކާއަށް ފުރާފައެވެ.

އޮފިޝަލުން ކުއްލިގޮތަކަށް ނައުރޫއިން ފުރާފައިވާއިރު މިހިނގާ އަހަރަށް އެމެރިކާއިން ރެފިއުޖީން ބަލައިގަނެވޭނެ ކޯޓާ ހަމަވެފައިވާކަމަށް އިއުލާނުކޮށްފައިވަނީ މީގެ ދެހަފްތާ ކުރިންނެވެ.

މީގެ އިތުރުން މި ރެފިއުޖީ ބަދަލުކުރުމުގެ އެއްބަސްވުމާ ދޭތެރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިޔާސަތުވެސް އެއީ ގިނަބަޔަކު މި އެއްބަސްވުން ދެމެހެއްޓޭނެ ކަމާދޭތެރޭ ސުވާލު އުފައްދާ ކަމެކެވެ.