16 Jul 2017, 13:26
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ރަސްމީ ބައްދަލުކުރެއްވުމާއި ޖާފަތް، ޖުލައި 27 ވާ ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަހަރު ބާއްވާ ރަސްމިއްޔާތަށް ވެސް ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައުވަތު އަރުވާ އިރު، އެ ފަރާތްތަކަށް ދައުވަތު ފޮނުވުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ބައްދަލުކުރެއްވުމުގައި އޮންނަނީ، އެބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަސްމީ ޖާފަތެކެވެ.
މިއަހަރުގެ ބައްދަލުވުން ބާއްވާ ތަނެއް ރައީސް އޮފީހުން ފާހަގައެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ބައްދަލުވުން ބޭއްވީ އިސްލާމީ މަރުކަޒު މައިދާނުގަ އެވެ. އަދި ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުމާއި ޖާފަތް އޮފީ ދަރުބާރުގޭގަ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖާފަތުގެ ކޭޓަރިންގްގެ ކަންކަން ކުރުމަށް ހަމަޖެހިފައި ވަނީ، މިދިޔަ ދެ އަހަރުވެސް ޖާފަތަށް ކޭޓަރކޮށްދިން ެ.