ބުރަ މަސައްކަތާއި ދިރިއުޅުމުގެ ޒަރޫރަތްތައް ހުންނަ ގޮތުން، ހިތްހަމަޖައްސާލުމާއި ހުސްވަގުތު ހޯދުން މިއަދު މިވަނީ ދަތިވެފަ އެވެ. ދިރިއުޅުން އިތުރަށް ފުރިހަމަކޮށްލުމަށާއި އަމިއްލަ ހިތްހަމަޖެހުމަށް ޓަކައި ހޯދަން ބޭނުންވާ ތަކެތި ގަނެ، ބާޒާރުކޮށްލަން ދާން ވެސް މިއަދު އެކަށީގެންވާ ވަގުތު ނުލިބެ އެވެ.

ލިބޭ ވަގުތަށް ވުރެ ކުރަން ހުންނަ ކަންކަން މިވަނީ ގިނަވެފަ އެވެ. ބޭނުންވާ އެއްޗެއް ގަންނަން އެއް ފިހާރައިން އަނެއް ފިހާރައަށް ގޮސް ހިތްހަމަޖެހޭ އެއްޗެއް ހޯދުމަށް ހޭދަވާ ވަގުތާއި، ކުރަން ޖެހޭ ބުރަ މަސައްކަތާއި ދަތުރުތަކުގެ ސަބަބުން، ހަގީގީ ދިރިއުޅުމުގައި ކުރަން ޖެހޭ އެތައް ކަމެއް ނުކުރެވޭ ގޮތްދިމާވުމަކީ މިހާރަކަށް އައިސް އެހާމެ އާންމު ކަމެކެވެ.

ކަންމިހެން އޮތް އިރު ވަގުތު ސަލާމަތްކޮށް ދިރިއުޅުމުގެ ބޭނުންތައް ފުއްދާލާނެ، ފަސޭހަ އަދި ޒަމާނީ ގޮތްތަކަކަށް މިއަދު މިވަނީ ބޭނުންވެފަ އެވެ. މިހުރިހާ ގޮންޖެހުންތަކެއް ގިރާކޮށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ދުނިޔޭގެ ތަހުޒީބު ކަންކޮޅުތަކުގައި ހިފަމުން އަންނަ އިރު، ނިސްބަތުން ބޮލަކަށް ޖެހޭ ޓެކްނޮލޮޖީ އެންމެ ގިނަ ގައުމުގެ ފަހުރު ހިފަހައްޓަން ދިވެހިން ވެސް މިވަނީ ތަރައްގީވެފައިވާ ދުނިޔެއާ ފައިހަމަކުރަން ފަށައިފަ އެވެ. ފިހާރަތަކަށް ނުގޮސް ބޭނުންވާ މުދާ ހެޔޮ އަގުގައި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގެ އެކި ފިހާރަތަކުން ގަނެގެން ސީދާ ރަށަށް، ގޯއްޗަށް ގެނެވޭނެ ފުރުސަތު ދިވެހިންނަށް ވެސް މިއަދު މިވަނީ ފަހިވެފަ އެވެ.

އީބޭ، އަލީބާބާ ފަދަ ޕްލެޓްފޯމްތަކަކީ މިއަދު ދިވެހިންނަށް އިތުރު ތައާރަފަކަށް ބޭނުންވާނެ ނަންތަކެއް ނޫނެވެ. އީބޭ ފަދަ އޮންލައިން ވިޔަފާރި ވެބްސައިޓުތަކުން މުދާ ގަނެލުމުން ޕޯސްޓް މެދުވެރިކޮށް ތިމާއަށް ދުނިޔޭގެ އެކި ތަންތަނުން މުދާ ލިބެ އެވެ. ނަމަވެސް މިފަދަ އޮނިގަނޑުތަކުގައި މުދާ ގަނެވެނީ ތަކެތި ލިބުމުގެ ކުރިން ފައިސާ ދެއްކުމުންނެވެ. ބައެއްފަހަރު ލާރި ނެގުމަށް ފަހު މުދާ ނުލިބުމާއި، ގެންނަ މުދާ ކަމުނުގޮސް ފައިސާ ބޭކާރުވެގެން ދިޔުމަކީ އާންމުކަމެކެވެ. އަދި މިފަދަ ތަންތަނުން މުދާ ފޮނުވަނީ ޕޯސްޓު މެދުވެރިކޮށް ކަމުން ބައެއް ފަހަރު މުދާ ގަންނަ ފަރާތުން ޕޯސްޓަށް ވެސް އިތުރު ފައިސާ އަދާކުރަން ޖެހެ އެވެ.

ކަންމިހެން އޮތް ނަމަވެސް ސައްތައިން ސައްތަ ދިވެހި ކުންފުންޏަކުން ރާއްޖޭން ބޭރުގެ ބައެއް ވިޔަފާރިތަކާ ގުޅިގެން އިތުބާރާ ޔަގީންކަމާ އެކު ދިވެހިންނަށް މިއަށްވުރެ މާފަސޭހަ މަގެއް މިހާރު މިވަނީ ދައްކާފަ އެވެ. މުދާ ގަންނަ ފަރާތަށް އެއްވެސް ބިރުވެރިކަމެއް ނޯންނަ ގޮތަށް ދިވެހިރާއްޖޭގައި މި ވިޔަފާރި ކާމިޔާބުކަމާ އެކު ހިންގަމުން އަންނަތާ ދޮޅު އަހަރު މިވަނީ ވެފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ ފިހާރަތަކާއި، ޗައިނާ، ސިންގަޕޫރު ފަދަ އެތައް ގައުމަކުން، ގޭގައި ނުވަތަ ތިމާއަށް ހިތްފަސޭހަ މާހައުލެއްގައި އިނދެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުދާ ގަނެލެވެ އެވެ. މުދަލުގެ އަގު އަދާކުރަން ޖެހެނީ މުދާ ލިބުމުން ކަމަށްވެފައި، އިތުރު ފައިސާއެއް ދެއްކުމަކާއި ނުލައި ރާއްޖޭގެ ކޮންމެ ގޯއްޗަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭކަމީ، މުދާ ގަންނަ ފަރާތަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މީގެ އިތުރުން ގޭގެ ހުރިހާ އެންމެނަށް އެއްކުލައެއް ހޯދާލުމަށާ ބޭނުން ކޮންމެ ކުލައަކާއި، ބޭނުން ކޮންމެ ސައިޒެއް ހެޔޮ އަގުގައި ފަސޭހައިން ލިބެންހުރުމަކީ ލިބޭނެ އިތުރު ހިތްހަމަޖެހުމެކެވެ.

ތުއްތުކުދިންނަށް ބޭނުންވާ ސާމާނާއި، އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނާއި ފޯނާއި ދިރިއުޅުމުގައި ބޭނުންވާނެ ގެވެހި ކަންވާރުގެ އިތުރުން ބަދިގެ ސާމާނާއި އެހެންވެސް ބާވަތްތަކުގެ މުދާ އޮންލައިންކޮށް ގަނެލުމުން، ގެއާ ހިސާބަށް ހިލޭ ގެނެވޭނެ ގޮތް ދިވެހިންނަށް ފަހިވެފައިވުމީ ވަރަށް ބޮޑު ފަސޭހައެކެވެ. ދިރިއުޅުމުގެ އެހެން ކަންކަމުގައި ބުރަކޮށް އުޅެން ޖެހުނަސް، ނިދަން އެނދުގައި އޮށޯވެލާ އޮވެގެން ވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވިޔަފާރިކޮށް ބޭނުންވާ މުދާ ގަނެލަންވީ އެވެ. އެތައް ވަގުތެއް އޭރުން މިދަނީ ސަލާމަތްވެގެންނެވެ.

ފަސޭހައިން ރަޖިސްޓަރވެ މުދާ ގަނެލެވޭ އިރު، އޯޑަރު ކަށަވަރުކޮށް، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ސީދާ ގޯއްޗާ ހަމައަށް ހިލޭ ޑެލިވަރީ ކުރެވޭނެ ގޮތްއަވަސްކާޓުން އެވަނީ ފިސާރި ރަނގަޅަށް އިންތިޒާމު ކޮށްދީފަ އެވެ. ވީއިރު ފިހާރަތަކަށް ދުވެގެން ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް މިހާރަކު ނެތެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ފިހާރަތަކުން އޮންލައިންކޮށް ހެޔޮ އަގުގައި އަވަސްކާޓުން މުދާގަނެލަންވީ އެވެ. މިކަމަށް އިތުރު ފަސޭހަ ކަމެއް ގެނެސްދެނީގޫގުލް ޕްލޭސްޓޯރާއިއެޕަލް އެޕްސްޓޯރުންމިހާރު އަވަސްކާޓް އެޕްލިކޭޝަން ޑައުންލޯޑް ކޮށްލެވޭތީ އެވެ. އަދި މިއަށް ވުރެ ވެސް ފަސޭހަވަނީ ބޭނުން އެއްޗެއްގެ ފޮޓޯ 7444437 އަށް ވައިބާ ކޮށްލުމުން ގަނެގެން ގެނެސްދޭތީ އެވެ.