ޕިއްޒާ ވިއްކާ މަޝުހޫރު ޕިއްޒާ ބޯނާގެ ޑެލިވަރީ ބޯއީއަކަށް ބިރުދައްކައި ތިން ޕިއްޒާ ފޭރިގަނެފި އެވެ.

ޕިއްޒާ ބޯނާގެ އޮފިޝަލަކު ވިދާޅުވީ ރޭ ޕިއްޒާ ހިފައިގެން ޑެލިވަރީއަށް ގަލޮޅުގެ ސަރަހައްދަކަށް ގޮސް އުޅެނިކޮށް ބަޔަކު ބިރުދައްކައި ޕިއްޒާ ބޯއީގެ މޫނުމަތީ ޖެހުމަށް ފަހު ޕިއްޒާތައް ފޭރިގެންފައިވާ ކަމަށެވެ.

އެމީހާއަށް ބޮޑު އަނިޔާއެއް ނުވާ ކަމަށް ޕިއްޒާ ބޯނާއިން ބުންޏެވެ. އެމީހާ ޑެލިވަރީއަށް ދިޔައީ ސައިކަލެއްގަ އެވެ. ޕިއްޒާ ފޭރިގަތީ ޑެލިވަރީއަށް ގެންދިޔަ ޕިއްޒާ ގެއަކަށް ގެންގޮސްދޭން ސައިކަލުން ފައިބައިގެން ހުއްޓައި ކަމަށް ބޯނާއިން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމައްސަލަ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.