15 Jul 2017, 21:53
މިދިޔަ މޭ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް މިފްކޯ އިން ކުރިއަށް ގެންދިޔަ "އޮބި ނޯވޭ" ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފިއެވެ.
އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިފްކޯ ފަސްމީރު މަސްފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
"ފަސްމީރު އޮބިނޯވޭ" ޕްރޮމޯޝަނުގެ ދަށުން، ގަންނަ ކޮންމެ ފަސްމީރު މަސްދަޅަކަށް ކޫޕަނެއް، އަދި މަސް ކޭހެއް ގަންނަ ނަމަ އޭގައިވާ 48 މަސްދަޅަށް ވާ ކޫޕަން ދިން އިރު އެ ކޫޕަން ފުރުމަށްފަހު މިފްކޯ މަސްފިހާރަ، އަދި ގަލޮޅާއި ހުޅުމާލޭގައި ހުންނަ މިފްކޯގެ ފިހާރަތަކުގެ އިތުރުން އެސްޓީއޯ ސުޕަމާޓުގައި ހުންނަ ފޮށްޓަށް ވައްޓާލުމުން ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.
އެ ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައި އޮތީ ތިން ފަރާތަކަށް އުމްރާ ދަތުރެވެ. ގުރުއަތުން ހޮވުނު ތިން ފަރާތަށް އިނާމު ހަވާލުކޮށްފައިވާއިރު ދެވަނަ އަށް ހޮވޭ ތިން ފަރާތަކަށް ހުށަހެޅީ އައިސް އަލަމާރިއެކެވެ. އެ އައިސް އަލަމާރިވެސް ވަނީ މިހާރު ނަސީބުވެރި ތިން ފަރާތާ ހަވާލުކޮށްފައެވެ.
ތިން ވަނަ އަށް ހުށަހަޅާފައިވާ، ހަތަރު ފަރާތަކަށް ދޭ ޓީވީގެ ނަސީބުވެރިންވެސް ހޮވައި އެފަރާތްތަކާ ވަނީ އިނާމު ހަވާލުކޮށްފައެވެ.
ރޯދަމަހަށް ހާއްސަކޮށް ރޯދަހަދިޔާއެއްގެ ގޮތުން މިފްކޯއިން މަސްދަޅުކޭހުގެ އަގުވެސް ވަރަށް ބޮޑުތަން އަގުހެޔޮ ކުރިއެވެ. އެގޮތުން އާންމުން އެންމެ ގިނައިން ގަންނަ 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއްގެ އަގު ރޯދަމަހަށް ހާއްސަކޮށް 670 އަށް ކުޑަކުރިއެވެ އެއީ ކޭހަކުން 109 ރުފިޔާއެވެ.
އޭގެ އިތުރުން 48 ދަޅުގެ ފެންމަސް، އިކޮނޮމީ ތެޔޮމަސް އަދި އިކޮނޮމީ ފެން މަސްކޭހުގެ އަގުތައްވެސް ވަނީ ވަރަށް ބޮޑުތަން އަގުހެޔޮ ކުރިއެވެ.