ށ. ފުނަދޫއަށް މަސްތުވާތަކެތި ހިފައިގެން ދިޔަ ޒުވާން އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން އަައިސް ފުނަދޫއަށް ފެއިބިތަނުން ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ އަންހެން ކުއްޖާ ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު އަތް ދަބަސް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެ ޒުވާނާ ގޭބަންދަށް ފަސް ދުވަސް ފުނަދޫ ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެ މައްސަލާގައި އެއަންހެން ކުއްޖާގެ އިތުރުން އެރަށުން 21 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.