19:00


މެލޭޝިއާގައި އޮންނަ ވޯލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު 10 ބޭފުޅުންގެ ވަފުދަކާއެކު ޕްރައިވެޓް ޖެޓެއްގައި މާދަމާ ރޭ ކުއަލަލަންޕޫރަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ ކުއަލަލަންޕޫރުގައި މި މަހުގެ 19 އިން 20 އަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅަށް ޕްރައިވެޓް ޖެޓެއް ހަމަޖެއްސެވީ އެ ފޯރަމް އިންތިޒާމްކުރާ ފަރާތުން ކަމަށެވެ. ޒުހެއިރު ވިދާޅުވީ މި ފޯރަމަކީ މުސްލިމް ޤައުމުތަކުގެ ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ބަދަލުކުރުމަށް ބާއްވާ ފޯރަމެއް ކަމަށާއި ރައީސް ނަޝީދުގެ އެ ފޯރަމްގައި ތަހްރީރު ކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު އޮންނަ ތިމާވެއްޓާއި ބެހޭ ބައްދަލުވުމެއްގައި ވެސް ތަޤްރީރު ރައީސް ތަޤްރީރު ކުރައްވާނެ ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.


މި ދަތުރުފުޅުގައި ރައީސް ނަޝީދު އަރުގައި ބައިވެރިވެވަޑައިގެންނަވާ 10 ބޭފުޅުންގެ ވަފުދުގައި ހިމެނިވަޑައިގެންނަވަނީ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ވިޔަފާރި ދާއިރާގެ ބައެއް ބޭފުޅުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.