18 Jul 2011, 19:31
ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަކޮށްގެން އަގުހުރި ހަދިޔާތަކާއެކު ކުރިއަށްގެންދާ "ދިރާދު ރޯދަ ހަދިޔާ" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން، އޯގަސްޓް 31ގެ ނިޔަލަށް ކަމަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ޕްރީޕެއިޑް، ޕޯސްޓް ޕެއިޑް އަދި ފިކްސްޑް ލައިން ކަސްޓަމަރުންނަށް ދިރާގުގެ ހިދުމަތްތައް ބޭނުންކޮށްގެން އިނާމް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.
ދިރާގުން ބުނި ގޮތުގައި، ޕްރީޕެއިޑް ކަސްޓަމަރުން 50ރ. އަށް ވުރެ މަތީގެ އަދަދަކުން ރިލޯޑްކުރުމުން ހާއްސަ ލަކީ ޑްރޯއެއްގައި ރަޖިސްޓްރީވެގެންދާނެ އެވެ. އެ ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް ދިރާގުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި އިންޑެކްސް ބްރޭންޑްގެ ޑައިނިން ސެޓަކާއި ސޯފާ ސެޓަކާއި އަދި ބެޑްރޫމް ސެޓެއް ހިމެނެ އެވެ.
އަދި ދިރާގުގެ ޕޯސްޕެއިޑް ކަސްޓަމަރުންނަށް ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ޕެނެސޮނިކް ބްރޭންޑްގެ އިންޓަނެއްޓަށް ވަދެވޭ 42 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައިވެ އެވެ. ދިރާގުން ބުނި ގޮތުގައި، އެ އިނާމް ހޯދޭނީ 50ރ. އަށް ވުރެ ގިނައިން ހަރަދުކޮށްގެން ނޭޝަނަލް ވޮއިސް ކޯލް ކުރުމުންނެވެ.
އަދި ފިކްސް ލައިން ކަސްޓަމަރުންވެސް ލޯކަލް ކޯލް ކުރުމަށް 50ރ. ހަރަދުކޮށްގެން ފިލިޕްސް ބްރޭންޑްގެ އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެކުންފުނިން ބުނެ އެވެ.
"ވީހާވެސް ގިނައިން މި ހިދުމަތްތައް ހޯއްދެވުމުން ލަކީ ޑްރޯއަށް ހުށަހެޅިފައިވާ އިނާމްތައް ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ." ދިރާގުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިނޫން އިތުރު ޕްރޮމޯޝަންތައް ވެސް ފަށާނެ ކަމަށް ދިރާގުން ބުނެ އެވެ.
އަދި މިފަހަރުގެ ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ޕާޓްނަރުންނަކީ ލިންޓެލް އިންވެސްޓްމަންޓް އާއި ދަމާސްގެ އިތުރުން އެސްޓީއޯ ކަމަށް ވެސް އެކުންފުނިން އެވެ.