ރާދިކާ އަޕްޓޭގެ މޮޅު އެކްޓިންގ އެއް ފެނިގެން ދިޔަ ކުރު ފިލްމު 'ފޯބިއާ' ގެ ދެވަނަ ބައި، 'ފޯބިއާ 2' ގެ ލީޑު ރޯލަށް ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ ހަމަޖައްސައިފި އެވެ.

ޕަވަން ކްރިޕަލާނީ ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވާ ފިލްމުގެ ލީޑު ރޯލުން މިފަހަރު ފެނިގެން ދާނީ ފިރިހެން އެކްޓަރެއް ކަމަށް ކުރިން ވަނީ ހާމަކޮށްފަ އެވެ. ފިލްމަށް ފިރިހެން ލީޑެއް ހަމަޖެއްސީ ސްކްރިޕްޓު އެގޮތަށް ޑިމާންޑް ކުރާތީ އެވެ.

'ފޯބިއާ 2' ގައި ނަވާޒް އަދާކުރާނީ އުދުހުމަށް ބިރުގަންނަ މީހެއްގެ ރޯލެވެ.

ނެކްސްޓް ޖެން ފިލްމްސް އިން ޕްރޮޑިއުސް ކުރާ 'ފޯބިއާ' އަކީ ސައިކޮލޮޖިކަލް ތުރިލާ އެކެވެ. ފުރަތަމަ ފިލްމަށް ވެސް ކްރިޓިކުންނާއި އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. އަދި 2016 ވަނަ އަހަރުގެ އެންމެ މޮޅު 10 ފިލްމުގެ ތެރޭގައި ވެސް 'ފޯބިއާ' ހިމެނުނެވެ.

'ފޯބިއާ 2' ގެ ސްކްރިޕްޓު މިހާރު ނިމިފައިވާ އިރު، ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

'ފޯބިއާ 2' ގެ އިތުރުން ވެސް ނަވާޒްގެ ގިނަ ޕްރޮޖެކްޓުތަކެއް ކުރިއަށް އެބަ އޮތެވެ. އެގޮތުން މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'މުންނާ މައިކަލް' ފާހަގަ ކޮށްލެވެ އެވެ.