ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލް ކޮށްފި އެވެ.

މާދަމާގެ 11:30 އަށް އެ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވާ އިރު، ފާރިސްގެ މައްޗަށް އެ ދައުވާކޮށްފައި ވަނީ، ޕީޕީއެމްގެ ދިދަ ގަވާއިދާ ޚިލާފަށް އޭނާ ބޭނުން ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ ހަތަރުވަނަ ދުވަހު ފާރިސް ވަނީ ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ދައުވާއާ ގުޅޭ ލިޔެކިޔުންތައް ހަވާލު ކޮށްފަ އެވެ.

ފާރިސްގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.