12 Jul 2017, 13:58
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީގެ ކޯޑިނޭޓަރުގެ މަގާމަށް އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާ ނަޒީރާ އިބްރާހިމް މަނިކު ރައީސް އަބްދުﷲ ޔާމީން އައްޔަނުކުރައްވައިފިއެވެ.
ނަޒީރާ ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމަށް އޭނާ އައްޔަނުކޮށްފައިވަނީ މިއަދު ކަމަށާއި އޭނާއާ ހަވާލުކުރެވޭ މަސަތްކަތްތައް ފުރިހަމަ ކުރުމުގައި ސާބިތުކަންމަތީ ހުންނަވާނެ ކަމަށެވެ. އަދި އަންހެނުނުންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކޮށްދިނުމަށް މަސަތްކަތް ކުރައްވާނެ ކަމަށް ވެސް ނާޒިރާ ވިދާޅުވިއެވެ.
މި އަހަރު ސަރުކާރުން ރެހެންދި އެވޯޑް ދިން ހަތަރު ކަނބަލުންގެ ތެރޭގައި ވެސް ނަޒީރާ ހިމެނިވަޑައިގަންނަވައެވެ. ނަޒީރާއަށް ރެހެންދި އެވޯޑް ލިބުނީ ސިޔާސީ އަދި އާންމު ޚިދުމަތުގެ ދާއިރާއިންނެވެ. ރެހެންދި އެވޯޑަކީ މުޖުތަމައުއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.