އެމެރިކާގެ ކަނޑުގެ ސިފައިންގޮވައިގެން ދަތުރުކުރި މިލިޓަރީ މަތިންދާ ބޯޓެއް މިސިސިޕީއަށް ވެއްޓި އޭގެން ދަތުރުކުރި 16 މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާގައި ވެއްޓިފައި ވަނީ ކޭސީ- 130 ގެ އެއާ ކްރާފްޓެކެވެ. މިއީ މިލިޓަރީގައި އާންމުކޮށް ވަރަށްގިނައިން ބޭނުންކޮށްއުޅޭ ބާވަތުގެ އެއާކްރާފްޓެކެެވެ.

"ޖުލައި 10 ވަނަ ދުވަހުގެ ހަވީރު ކޭސީ-130 ވަނީ ވެއްޓިފައި. މިހާދިސާގެ އިތުރު މައްލޫމާތު އަޅުގަނޑުމެންނަށް ލިބުމުން ހާމަކުރާނަން،" މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުންޏެވެ.

އެ ހާދިސާ ހިނގި ސަރަހައްދުން މިހާރު ވަނީ ބާރަމީހެއްގެ ހަށިގަނޑު ފެނިފަ އެވެ.

ކޭސީ- 130 މިލިޓަރީ ބޯޓުތަކަކީ އެކި ބޭނުންތަކަށް މޮޑިފައިކުރެވޭ ގޮތަށް ހަދައިފައިވާ ބޯޓްތަކެކެވެ. އޭގެން މުދަލާއި އަދި ސިފައިން އުފުލުމަށާއި އަދި އެހެނިހެން ބޯޓުތަކަށް މަތީގައި އޮވެ ތެޔޮ އެޅުމުގައި މޭނުންކުރެވެ އެވެ.

އެމެރިކާގެ ވަރަށް ގިނަ ފަރާތްތަކުން މިހާރު ވަނީ އެ ހަދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައްޒިއާ ކިޔަމުންނެވެ.