ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އައްޔަންކޮށްފިއެވެ.

ޖޭއެސްސީގެ ރައީސް ކަމަށް އަރީފް އައްޔަންކޮށްފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް އައްޔަން ކުރައްވާފައިވާ މެމްބަރެވެ.

އޭނާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އަރީފް ޖޭއެސްސީގެ ރައީސް ކަމަށް ހަމަޖެއްސެވީ ޖޭއެސްސީގެ ކުރީގެ ރައީސް އަލީ ހަމީދު މުހައްމަދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.