10 Jul 2017, 15:26
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި މުޖުތަބާ ޖަލީލު އެމަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުން ވަނީ އޭނާ އެމަގާމުން ވަކިކޮށްފައިވާކަން މިއަދު އިއުލާންކޮށްފައެވެ.
މުޖުތަބާ އެމަގާމަށް އައްޔަން ކުރީ މިދިޔަ މޭމަހުގެ 18 ވަނަ ދުވަހުއެވެ.
މުޖުތަބާ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައެވެ.