10 Jul 2017, 09:24
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެ ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރަން އުޅޭކަން ސަން އަށް އެނގިއްޖެ އެވެ.
އަލީ ހަމީދު ވަކިކޮށް ޖޭއެސްސީއަށް އަރީފް އައްޔަންކުރަން އުޅޭއިރު، އާލާސްކަންފުޅާ އުޅުއްވާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަލީ ހަމީދު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
އަލީ ހަމީދު ޖޭއެސްސީގެ މެމްބަރު ކަމުގައި ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައެޅި މެމްބަރުގެ ގޮތުގަ އެވެ.
ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެކޮމިޝަންގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރެވެ. ނަމަވެސް އެއަދަދު ސުޕްރީމް ކޯޓުން ވަނީ ދެ އަހަރަށް ކުޑަކޮށްފައެވެ. އަލީ ހަމީދު އެމަގާމުގައި ހުންނަވާތާ ދެ އަހަރުގެ މުއްދަތު ވަނީ ވެފައެވެ.