އަމީތާބް ބައްޗަންގެ ކުރީގެ މަޝްހޫރު ފިލްމު "އާނަންދް"ގެ ބަޠަލާ، ކުރީގެ ހިންދީ އަދި ބެންގާލި ފިލްމީ ތަރި ސުމީތާ ސަންޔާލް، އުމުރުން 71 އަހަރުގައި މަރުވެއްޖެއެވެ.

ފިލްމު އެޑިޓަރު ސުބޮދް ރޯއީގެ އަންހެނުން ސުމީތާ، ފިލްމީ ދާއިރާއަށް ވަނީ، 1960 ވަނަ އަހަރު، ބެންގާލީ ފިލްމު ''ކޮކަ ބަބުރް ޕްރަތިޔާބަރްތާން" އިންނެވެ.

އޭނާ ވަނީ 40 އަށްވުރެ ގިނަ ބެންގާލީ ފިލްމުގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި ދިލިޕް ކުމާރާއެކު އެކްޓުކޮށްފައިވާ ފިލްމު "ސަގިނާ މަހަތޯ" އާއި ސަންދުޔާ ރޯއީއާި ބިސްވަޖިތުއާއެކު ކުޅެފައިވާ ފިލްމު "ކުހެލީ" ހިމެނެއެވެ.

ފިލްމު އާނަންދްގައި ސުމީތާ ސަންޔާލް އާއި އަމީތާބް ބައްޗަން --

ސަންޔާލް އެކްޓުކޮށްފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި އަމީތާބު ބައްޗަންއާއެކު 1970ގައި ކުޅެފައިވާ ފިލްމު "އާނަންދު" ހިމެނެއެވެ. މީގެ އިތުރުން ބެލުންތެރީންގެ މަގުބޫލުކަން އެ ފިލްމުތަކަކުން ސަންޔާލް ހޯދި ފިލްމުތަކުގެ ތެރޭގައި "ގުއްޑީ"، އާޝިރްވާދު" އަދި "މޭރޭ އަޕްނޭ" ފަދަ ފިލްމުތައް ހިމެނެއެވެ.

ސަންޔާލް މަރުވި ޚަބަރު ލިބުމާ ގުޅިގެން، ވެސްޓްބެލްގާލްގެ ޗީފް މިނިސްޓަރު މަމަތާ ބަނޭރްޖީ ކުރެއްވި ޓްވީޓެއްގައި ވަނީ، "ކުރީގެ މަޝްހޫރު ފިލްމީ ތަރި ސުމީތާ ސަންޔާލް ނިޔާވި ޚަބަރު އެހީ ވަރަށް ހިތާމަޔާއެކު. އޭނާގެ އާއިލާއާއި ރަހްމަތްތެރީންނާއި އޭނާގެ ފޭނުންނަށް ތައުޒިޔާ ކިޔަން،" ކަމަށެވެ.