09 Jul 2017, 21:46
ކުރީގައި ހާބަރު ކެފޭތައް ހިންގަމުން ދިޔަ ސަރަހައްދުގައި އަޅާ ޒަމާނީ ފުޑްކޯޓުތައް މަހެއްހާ ދުވަހުތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެތަނުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯތަކެއް ހިމަނައި މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުޑްކޯޓުތަކުގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަަށް އެސްޓީއޯއިން ބުނެފައިވާ ކަމަށެެވެ.
Food court project: Ameenee Magu side to be finished within 1 month according to STO.pic.twitter.com/NzZjShBzYF
— Dr.Mohamed Muizzu (@MMuizzu)July 9, 2017
އެސްޓީއޯއިން ހަދާ އެ ފުޑް ކޯޓުތަކުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.
އެ މަޝްރޫއުގެ ދަށުން 27 ފުޑްކޯޓަކާއި ޕާކިން ޒޯންތަކަކާއި ދެ ފާހާނާ ބަރި ހެދުމަށް އެސްޓީއޯއާ ވަނީ ހަވާލުކޮށްފައެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، ފުޑްކޯޓް ތަރައްގީ ކުރާނީ ބަދިގެތަކެއް ހުރެފައި ދެ ފަރާތުން ވެސް ވަދެވޭ ގޮތަށް ކަމަށާއި، މީހުން އިށީނދެ ތިބުމަށް ބޮޑު ސަރަހައްދެއް އޮންނަ ގޮތަށް ކަމަށެވެ.