09 Jul 2017, 20:14
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ޝާފިއު މިއަދު ދޫކޮށްލައިފިއެވެ.
އޭނާ ދޫކޮށްލާފައިވަނީ މިއަދު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.
އޭނާގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ، ޝާފިއު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޝާފިއުގެ މައްޗަށް އިތުރަށް ހެކި ހުށަހަޅާފައި ނުވާތީ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މާފަންނު ކުނޫޒު ކައިރީ ހުއްޓައެވެ.