09 Jul 2017, 14:26
ރާއްޖެއަށް އެތެރެކުރާ ކާގޯ ބަހައްޓާ ގުދަނުގައި ފްރީ ސްޓޯރޭޖަށް ނުވަތަ މުދާ ހިލޭ ބެހެއްޓޭ މުއްދަތަށް ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފިއެވެ.
އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ބަނދަރުގެ އިތުރުން، ކާގޯ ސްޓޯކުރުމަށް ހަދާފައިވާ ގުދަނަށް ޖާގައިގެ ދަތިތަކެއް ކުރިމަތިވާ ކަމަށާއި، ބައެއް ފަހަރު ބޯޓުތަކުން ގެންނަ މުދާ ހުސްކުރުމަށް ލަސްތަކެއް ކުރިމަތިވާ ކަމަށެވެ.
އެމްޕީއެލްއިން ބުނީ އެކުންފުނީގެ އަމާޒަކީ ބޯޓުފަހަރު އަންނަތަނުން ޑިލޭއެއް ނެތި މދުާ ބޭލުމަށްފަހު ކްލިއާކުރުމުގެ އިންތިޒާމު ހަމަަޖެއްސުން ކަމަށްވާ އިރު، މުދަލަށް ފްރީ ސްޓޯރޭޖުގެ ގޮތުގައި ދޭ 10 ދުވަހުގެ މުއްދަތު ކުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލްއިން މުދާ އެތެރެކުރުމަށްފަހު އެ މުދަލެއް އެމްޕީއެލްގައި 10 ދުވަސް ވަންދެން ހިލޭ ބަހައްޓައިދެއެވެ. އެމްޕީއެލްއިން ނެރުނު ބަޔާނުގައި ބުނީ، ޖުލައި 15 އިން ފެށިގެން އެ މުއްދަތަށް ބަދަލު ގެންނާނެ ކަމަށެވެ.
އެގޮތުން ޖުލައި 15 އިން ފެށިގެން ލޫސްކޮށް ގުދަންކުރެވޭ ޖެނެރަލް ކާގޯގެ ފްރީ ސްޓޯރޭޖް މުއްދަތަކީ ދެ ދުވަސް ކަމަށާއި، ލޯންޗާއި ހެވީ ވެހިކަލާއި، އޯޕަން ޓޮޕް ކޮންޓެއިނަރު އަދ ިފްލެޓް ރެކް ކޮންޓެއިނަރުތަކުގެ ފްރީ ސްޓޯރޭޖް މުއްދަތަކީ ފަސް ދުވަސް ކަމަށް އެމްޕީއެލްއިން ވަނީ ހަމަޖައްސައިފައެވެ.