09 Jul 2017, 09:19
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާގައި، އިންޑިއަން އޯޝަން ސަރަހައްދުގެ ލީޑިންގް ފެމިލީ ރިސޯޓުގެ އެވޯޑު ދަ ސަން ސިޔާމް އިރުފުށި ރިސޯޓަށް ލިބިއްޖެ އެވެ.
ސަން އަކުއާ ވިލުރީފް ރިސޯޓުގައި ރޭ ކުރިޔަށްދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާގައި، ސަން ސިޔާމް އިރުފުއްޓަށް ވަނީ އިންޑިއާ ގަނޑުގެ ލީޑިންގް ފެމިލީ ރިސޯޓުގެ އިތުރުން ރާއްޖޭގެެ ލީޑިންގް ރިސޯޓުގެ އެވޯޑު ވެސް ލިބިފަ އެވެ.
މިއީ މި އެވޯޑުތައް ސަން ސިޔާމް އިރުފުއްޓަށް ލިބުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ރޭ ބޭއްވި ސަން އަކުއާ ވިލުރީފް ރިސޯޓަށް ވަނީ، އިންޑިއާ ކަނޑުގެ ލީޑިންގް ވޯޓާވިލާ ރިސޯޓުގެ އެވޯޑުވެސް ލިބިފަ އެވެ.
މީގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޭޝިއާ ގާލާގައި ސްރީލަންކާގެ ލީޑިންގް ބީޗު ހޮޓެލްގެ އެވޯޑު ލިބުނު، ސަން ސިޔާމް ގްރޫޕުގެ ސަން އަކުއާ ޕާސިކުޑައަށްވެސް ވަނީ ރޭގެ ގާލާގައި އެވޯޑު ހަވާލުކޮށްފައެވެ.
ރޭ ބޭއްވި އެވޯޑްސްގައި ރާއްޖޭގެ އިތުރުން މޮރީޝަސް، ސީޝެލްސް، މަޑަގަސްކާ އަދި ރިޔޫނިއަން އައިލެންޑްސްއިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެހެން ނަމަވެސް އެންމެ ނޮމިނޭޝަންސް ގިނައީ ދިވެހިރާއްޖެއިންނެވެ. އަދި އެންމެ ގިނަ އެވޯޑުވެސް ލިބުނީ ރާއްޖެއަށެވެ.
އިންޑިއާ ކަނޑު ސަރަހައްދުން 45 އެވޯޑެއް އެކި ދާއިރާތަކުން ދީފައިވާ އިރު، 24 އެވޯޑެއް ހޯދާފައިވަނީ ރާއްޖެއިންނެވެ. މީގެ އިތުރުން ކޮންމެ ގައުމެއްގެ އެކި ދާއިރާތަކުން ވަނީ ވަކިން އެވޯޑު ދީފަ އެވެ.
ރާއްޖެ އަށް ލިބުނު އެވޯޑުތައް:
ސަރަހައްދުގެ ލީޑިންގް ފެމިލީ ރިސޯޓު އެވޯޑު:
ސަން ސިޔާމް އިރުފުއްޓަށް- މޯލްޑިވްސް ލީޑިންގް އޯލް އިންކްލޫސިވް ރިސޯޓު:ލިލީ ބީޗު ރިސޯޓް އެންޑް ސްޕާ
- މޯލްޑިވްސް ލީޑިންގް ބުޓީކް ރިސޯޓު: ނަލަދޫ މޯލްޑިވްސް
- މޯލްޑިވްސް ލީޑިންގް ފެމިލީ ރިސޯޓު:ކަނުހުރާ މޯލްޑިވްސް
- މޯލްޑިވްސް ލީޑިންގް ގްރީން ރިސޯޓު:އާވީ ނޭޗާޒް ޕެރެޑައިޒް
- މޯލްޑިވްސް ލީޑިންގް ލަގްޒަރީ އައިލެންޑް ރިސޯޓު:ދަ ސެއިންޓް ރީޖިސް ވޮއްމުލި ރިސޯޓު
- މޯލްޑިވްސް ލީޑިންގް ލަގްޒަރީ ރިސޯޓު:ކޮންސްޓަންސް ހަލަވެލި
- މޯލްޑިވްސް ލީޑިންގް ލަގްޒަރީ ވިލާ ރިސޯޓު:ވެލާ ޕްރައިވެޓް އައިލެންޑް
- މޯލްޑިވްސް ލީޑިންގް ރިސޯޓު:ދަ ސަން ސިޔާމް އިރުފުށި
- މޯލްޑިވްސް ލީޑިންގް ވިލާ ރިސޯޓު:އަނަންތާރާ ކިހަވައް މޯލްޑިވްސް ވިލާސް
- މޯލްޑިވްސް ލީޑިންގް ވޯޓާ ވިލާ ރިސޯޓު:އަނަންތާރާ ދިގު ރިސޯޓު މޯލްޑިވްސް