ދަގަނޑާއި ލަޓިބުރި ފަދަ ތަކެތި ބޭނުންކޮށްގެން މާލޭގައި މިއަދު ހަވީރު ގްރޫޕު މާރާމާރީއެއް ހިންގައިފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި އެ މާރާމާރީ ހިނގާފައިވަނީ ހެންވޭރު އަޑިޕާކު ސަރަހައްދުގައެވެ. މާރާމާރީގައި ވަނީ އެކަކުގެ ބޯ ވެސް ވަނީ ފަޅާލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ މިއަދު މާލޭގައި ހިނގި މާރަމާރީއެއްގެ ތަހުގީގު ފުލުހުން ފަށާފައިވާ ކަމަށެވެ. އަދި މި މާރާމާރީތަކާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅާމުން ކަމަށެވެ.

އަދި މި މާރާމާރީތަކާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.