މިހާރަކަށް އައިސް ވަރަށް ގިނަ ފިރިހެނުންނަށް ޖިންސީ ބަލިކަށިކަމުގެ މައްސަލަ ވަރަށް ގިނައިން ދިމާވެ އެވެ. އަދި ވަރަށް ގިނައިން އެކިއެކި ސައިޓްތަކުގައި މިކަމަށް ބޭނުންކުރާ ބޭހާއި ސްޕްރޭ ވިއްކަން ހުރެ އެވެ. ނަމަވެސް މިދެންނެވި ތަކެއްޗަކީ ގިނަ ފަހަރު ވަރަށް ގިނައިން އޭގައި ސައިޑް އިފެކްޓް ހިމެނޭ އެއްޗިއްސެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ކަރައަކީ ހަމަގުދުރަތީ ވައެގްރާއެކެވެ. ކަރާކެއުމަކީ ފިރިހެނާގެ ޖިންސީ ގުނަވަނަށްލޭ ދައުރުކޮށްދީ އަދި ޖިންސީބަލިކަށިކަން ތަހައްމަލު ކުރަމުންދާ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެކެވެ.

ޖާނަލް އޮފް ޔޫރޮލޮޖީ އިން ކުރި ދިރާސާއިން ހާމަވި ގޮތުގައި ކަރާގައި ހިމެނޭ "ސާޓުލައިން"ގައި ހިމެނޭ އެމައިނޯއެސިޑަކީ ފިރިހެނުންގެ ޖިންސީ ގުނަވަނަށް ލޭދައުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ މާއްދާއެކެވެ.

މީގެ އިތުރުން ކަރާގައި ވަރަށް ގިނަ އަދަދަކަށް ވިޓަމިންސީ ހިމެނޭ އިރު ކަރާގައި ފެނުގެ ނިސްބަތަކީ 92 ޕަސެންޓެވެ. މިއީ ޖިންސީ ބަލިކަން އިހްސާސްކުރަމުންދާ މީހުންނަށް ވަރަށް ރަނަގޅު މޭވާއެކެވެ.

މިފަހަރު މިގެނެސްދެނީ ޖިންސީބަލިކަށި ކަމުގެ މައްސަލައަށް ގޭގައި ހުރެގެން ހަދާލެވޭނެ ވަރަށް ފައިދާ ހުރި އަދި އެހާމެ ބާރުގަދަ ބުއިމެކެވެ. މީގައި ހިމެނެނީ ގުދުތަރީ މޭވާ ކަމަށް ވާތީވެ މީގައި އެއްވެސް ސައިޑްއިފެކްޓެއް ނުހިމެނެ އެވެ.

ބޭނުންވާ ތަކެތި

4/1 ކަރާ

އެއް ލުނބޯ

އެއް އަންނާރު

ހައްދަވާނޭ ގޮތް

މިކްސްޗަރަށް ހުރިހާ އެއްޗެތި އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.

އެ އަށް ފަހު ފުޅިއަކަށް އަޅައި އައިސްއަލަމާރީގައި ބަހައްޓާށެވެ.

ބޭނުންކުރަންވީ ގޮތް

ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާހުރެ 3/1 ޖޯޑްގެ މިބުއިން ބޯށެވެ. އަދި ރޭގަނޑު ކެއުމުގެ ކުރިން ހަމަމިދެންނެވި ގޮތަށް ބޯށެވެ.