ޖިންސީގޮތުން ގައިންގަޔަށް އަރާބައްޔެއް ކަމަށްވާ ގޮނޮރިއާ އަށް ފަރުވާކުރުމުގައި ދުވަހެއްދުވަހަކަށް އުނދަގޫވަމުންދާ ކަމަަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

"ގޮނޮރިއާ ޖައްސާ ބެކްޓީރިއާތައް މިހާރު މާކުޅަދާނަ. އާވައްތަރެއްގެ އެންޓިބައޮޓިކްއެއް މިހާރު ބޭނުންކުރިއަސް ކުޑަ ދުވަސް ކޯޅެއްގެ ތެރޭގައި މިބޭކްޓީރިއާތައް އެއަށް ހޭނި ބޭހަށް ނުގުޑާ ގޮތް ދިމާވޭ" ޑަބްލިއުއެޗްއޯގެ ސްޕެޝިލސްޓެއް ކަމަށްވާ ތިއެޑޯރޯ ވީ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކުރިގޮތިގައި މީހާރުހުރި އެންމެމޮޅު ބޭހުންވެސް ފަރަންސޭސިވިލާތް، ޖަޕާން އަދި ސްޕެއިން އިން ފެނިފައިވާ ބެކްޓީރިއާއަކަށް ނުގުޑައެވެ.

'މިހާރު އަހަރުމެން އެބަޖެހޭ މާބޮޑަށް ސަމާލުވެ ތިބެން" ތިއެޑޯރޯ ވީ ވިދާޅުވިއެވެ.

ގޮނޮރިއާ ޖައްސާ ބެކްޓިރިއާވަނީ މިހާރު ބޭނުންކުރާ ހުރިހާވައްތަރެއްގެ އެންޓިބައޮޓިކް އަށް ނުގުޑާގޮތްވެފައެވެ. އޭގެ ތެރޭގައި ޕެނެސިލިން، ޓެޓްރާސައިކްލިން އަދި ފްލޮރޯ ފްލޮރޯކްއިނޮލޯންސް ފަދަ އެންޓިބަޔޮޓިްކްސް ހިމެނެއެވެ.

ގޮނޮރިއާ ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާއިރު، ދިލަނެގުމާއި އަދި ކުރިމަތިފަރާތުން ގޮތްނޭނގޭ އެއްޗެހި ބޭރުވުން ހިމެނެއެވެ.

ގިނަފަހަރު ގޮނޮރިއާޖެހިގެން މާބޮޑުއަލާމާތްތަކެއް ފެންނާކަށް ނުހުރެއެވެ. އަދި ޑޮކްޓަރުންނަށް އޮޅިގެން ގޮނޮރިއާ ޑައިގްނޯސްކުރެވޭ ފަހަރުވެސް އާދެއެވެ.