18 Jul 2011, 10:08
ބަޣްދާދު : (18 ޖުލައި) ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމްތައް ތަންފީޒު ނުކުރުމަށް އެޤައުމުގެ ބައެއް ޤަބީލާތަކުގެ ވެރިން ބޮޑުވަޒީރު ނޫރީއަލްމާލިކީ އަށް އިލްތިމާސްކޮށްފިއެވެ.
ސަލާޙުއްދީން ޕްރޮވިންސްގައި ބައްދަލުކުރެއްވުމަށްފަހު ޢިރާޤުގެ ބައެއް ޤަބީލާތަކުގެ ވެރިނ ނެރުއްވި ބަޔާނެއްގައި، ސައްދާމްގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމްތައް ތަންފީޒުކޮށްފިނަމަ، ޢިރާޤުގައި ސުލްޙަ ޤާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށް ބުނެފައިވެއެވެ.
ޢިރާޤުގެ ޤަބީލާތަކުގެ އިސްވެރިން މިބަޔާން ނެރުނީ ސައްދާމްގެ ސަރުކާރުގެ އިސްމަސްއޫލުވެރިންގެ ތެރެއިން އިތުރު 5 ބޭފުޅެއްގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމް ތަންފީޒު ކުރާނެކަން ޢިރާޤު ސަރުކާރުން ދާދިފަހުން ހާމަކޮށްފައި ވަނިކޮށެވެ. މެރުމަށް ޙުކުމްކޮށްފައިވާ މި 5 ބޭފުޅުންގެ ތެރޭގައި ސައްދާމްގެ އެއްބަނޑު ދެކޮށްކޮއިން ކަމަށްވާ ވަތަބާން އާއި ސަބްޢާވީ ހިމެނެއެވެ.
އެެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައިވާ މި 5 ބޭފުޅުން މިހާރު ވަނީ ޢިރާޤު ސަރުކާރާ ހަވާލުކޮށްފައެވެ. އެމެރިކާ ސިފައިން ޢިރާޤަށް އަރައި ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ސަރުކާރު ވައްޓާލުމަށްފަހު ޢިރާޤުގައި އުފައްދާފައިވާ ވެރިކަމުގެ ނިޒާމުގެ ފަރާތުން ސައްދާމަށާއި ޢިރާޤުގެ ކުރީގެ އެތަށް މަސްއޫލުވެރިއަކަށް ވަނީ މަރުގެ އަދަބުތައް ދީފާ. (އަލްޖަޒީރާ)