އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އިޒްރޭލުގައި އުޅޭ އިންޑިއާގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިޒްރޭލަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ވަނީ ހައިފާގައި ހުންނަ އިންޑިއާއަށް ނިސްބަތްވާ ގަބުރުސްތާނަކަށް ޒިޔާރަތް ކުރައްވާފަ އެވެ.

މިގަބުރުސްތާނަކީ ފުރަތަމަ ވަނަ ބޮޑުހަނގުރާމައިގައި މަރުވި 44 އިންޑިއާގެ ސިފައިން ވަޅުލެވިފައިވާ ބިމެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރު މޯދީ އިޒްރޭލަށް ކުރައްވާ އެ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އެ ދެބޭފުޅުންވަނީ ދެ ގައުމުގެ ދެމުދުގައި އޮންނަ ގުޅުމަށް 25 އަހަރުވެފައިވާތީ އެކަން ފާހަގަކޮށް ކުރިއަށް އޮތްތަނުގައި ވެސް ދެ ގައުމުން ގެންދާނީ އެކިއެކި ކަންކަމުގައި އެއްބާރުލުން ދެމުންކަން ފާހަގަކޮށްފަ އެވެ.

އެ ދަތުރުފުޅުގައި އެ ދެގައުމުގެ ލީޑަރުން ވަނީ އިންޑިއާ އަދި އިޒްރޭލާ ދެމެދު ފެނާއި، ދަނޑުގޮވާންކުރުމާއި ޓެކްނޮލޮޖީ އަދި ޖައްވާ ގުޅުން ހުރި ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

މީގެ އިތުރުން އެ ދެބޭފުޅުން ވަނީ މޯދީ އިންޑިއާއަށް ޒިޔާރަތް ކުރެއްވުމުގެ އުފަލުގައި އެ ގައުމުގައި އިންޑިއާގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން ވަރަށް ކުލަ ގޮތެއްގައި ބޭއްވި މިއުޒިކް ޝޯވް އަކަށް ވެސް ވަޑައިގަންނަވާފައެވެ.