ތުރުކީ އޮތީ ގަތަރާއެކުގައި ކަަމަށާއި އަދި ސައުދީ އަރަބިއްޔާއިން ގަތަރަށް ހުށައަޅައިފައިވާ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ގަބޫލު ކުރެވޭނެ ކަނަތައްތަކެއް ނޫން ކަމަށް ތުުރުކީގެ ބޮޑުވަޒީރު ތައްޔިބު އުރުދުޢާން ވިދާލުވެއްޖެއެވެ.

"ގަތަރަށް ހުށައަޅައިފައިވާ 13 ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމަކީ ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން" މިދިޔަ ބުދަދުވަހު ފަރަންސޭސިވިލާތުގެ 24 ޗެނަލަށް ދިން އިންޓަވިއު އެއްގައި އުރުދުޢާން ވިދާޅުވިއެވެ.

އެރްދުޢާން ވިދާޅުވި ގޮތުގައި ސައުދީ އަރަބިއްޔާއިން ހުށައެޅި ހުށައެޅުންތަކަކީ ގަތަރުގެ މިނިވަންކަމާއި އިސްތިޣުލާލަށް އަރައިގަތުންފަދަ ކަމެކެވެ.

ޓެރެރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދިީއަރަބިއްޔާ، ބަހްރެއިން އަދި ޔޫއޭއީން ވަނީ ގަތަރާ މިދިޔަ ޖޫން ފަސް ވަނަ ދުވަހު ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފައެވެ.

މިދިޔަ ޖޫންމަހު 23 ވަނަ ދުވަހު ސައުދީ އަރަބިއްޔާއިން ވަނީ އަލުން ގުޅުން ގާއިމް ކުރުމަށް 13 ކަމަކަށް ޝަރުތުކޮށް ހުށައަޅައިފަ އެވެ. އޭގެ ތޭރޭގައި މުސްލިމް ބްރަދަހުޑް އަދި ހިޒްބުއްލާއާ ގުޅުން ކަނޑާލުމަށް ވަނީ ޝަރުތުކޮށްފައެވެ.

އޭގެ އިތުރުން ގަތަރުގައި ހުރި ތުރުކީގެ މިލިޓަރީ ބޭސް ބަންދުކުރުމަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ. ތުރުކީން ވަނީ ގަތަރުން އެދެފިނަމަ އެމިލިޓަރީބޭސް ބަންދުކުރާނެ ކަމަށެވެ.

"ގަތަރުގައި އެބަތިބި އެމެރިކާގެ 9000 ސިފައިން އަދި ފަރަންސޭސި ސިފައިން ވެސް ހިމެނޭ. ސައުދީ އަރަބިއްޔާއަށް އެކަންތައް މާބޮޑު ކަމަކަށް ނުވޭ. މިއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އުރުދުޢާން ވިދާޅުވި އެވެ.