"އެއްވެސް ކުށެއްނެތި މައިންބަފައިންނާއި އާއިލާއިން ހިތާމަވެރިކޮށް ކަންތައްތައް ވެގެންދިޔަ ނަމަވެސް އަހަރެމެންގެ ހިތްވަރާއި އަޒުމެއް ނުގުޑާނެ،"

މިއީ ދައުލަތުގެ ބެލުމުގެ ދަށަށް އެކި ގޮތް ގޮތުން ގެނެވޭ ކުދިން ބެލެހެއްޓުމަށް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖެއްގެ އިހުސާސްތަކެވެ. ކުޑަކުދިން ހިޔާގައި ދައުލަތުން ބަލަހައްޓާ އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ 66 ކުދިން އުޅެއެވެ.

ޖެންޑާ މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ހިންގި މަލްޓިމީޑިއާ، ވެބް ޑިޒައިނިން އަދި ސްކިލްސް ޓްރެއިން ކޯހުގެ ފުރަތަމަ ސެމިސްޓާގެ ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އޭގެން ކޮންމެ ކުއްޖަކީ ވެސް މައިންބަފައިންނާއި އާއިލާގެ ލޯތްބާއި އޯގާތެރިކަން ލިބެންވީ އުމުރުގައި ހިތާމަވެރިކަމާ އެކު އުޅެން މަޖުބޫރު ކުރުވި ކުދިންނެވެ. އަޅާލުން އެންމެ ބޮޑަށް ބޭނުންވި ވަގުތު އެކަނިވެރިކަން އިހުސާސް ކުރި ކުދިންނެވެ.

ނަމަވެސް މިއަދު ދައުލަތުގެ ފަރާތުން އެ ކުދިން ބަލަހައްޓަމުން އެ ގެންދަނީ އަމިއްލަ ދަރިންގެ ގޮތުގައެވެ. ލޯތްބާއި އަޅާލުން ދީގެންނެވެ. އެ ކުއްޖެއްގެ ހުނަރުވެރިކަން ހުރި ދާއިރާ އަކުން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހި ކޮށްދެމުންނެވެ. ޝުކުރުވެރިކަމާ އުފަލާއެކު އެ ކުދިން ބަލައިގަންނަ ފަހި އެ ފުރުސަތުތަކުން އެ ކުދިންނަކީ މިއަދު ހުނަރުވެރިންނެވެ.

ޖެންޑާ މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ހިންގި މަލްޓިމީޑިއާ، ވެބް ޑިޒައިނިން އަދި ސްކިލްސް ޓްރެއިން ކޯހުގެ ފުރަތަމަ ސެމިސްޓާގެ ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ޖެންޑާ މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ދާދި ފަހުން ހިންގި މަލްޓިމީޑިއާ، ވެބް ޑިޒައިނިން އަދި ސްކިލްސް ޓްރެއިން ކޯހަށް ކުދިން ކޮށްފައިވާ މަސައްކަތްތައް އެ ކުދިންގެ ހުނަރުވެރިކަން އިންތިހާއަށް ފެނިގެންދެ އެވެ. އެކަން އަމިއްލަފުޅަށް ވެސް ވަޒަން ކޮށްލާށެވެ.

ޖެންޑާ މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ހިންގި މަލްޓިމީޑިއާ، ވެބް ޑިޒައިނިން އަދި ސްކިލްސް ޓްރެއިން ކޯހުގައި ހިޔާގެ ދަރިވަރެއްގެ އާޓްވޯކެއް --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އެކުދިންގެ މަސައްކަތްތައް ހުށަހެޅުމަށް އިއްޔެ ކުޑަކުދިންގެ ހިޔާގައި ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި އެމްއެންޑީއެފްގެ އޮފިޝަލުންނާއި މުހްޔިއްދީން ސްކޫލުގެ އިސްވެރިންނާއި މިނިސްޓްރީގެ އަދި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒެނީޝާ ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަކީ ތަފާތު ދާއިރާތަކުން ކުރިއަށް ދެވޭނެ ގާބިލްކަން ހުރި ކުދިންކަމުގައި އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުދިންގެ މަސައްކަތްތަކުން އެ ކުދިންނަށް އެކަން އިހްސާސް ކުރެވޭނެތީ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ހިންގި މަލްޓިމީޑިއާ، ވެބް ޑިޒައިނިން އަދި ސްކިލްސް ޓްރެއިން ކޯހުގައި ހިޔާގެ ދަރިވަރެއްގެ އާޓްވޯކެއް --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ހިޔާގެ ކުދިންނަށް ހިންގާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފެށި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ލެވަލް ތިނެއްގެ ކޯހެކެވެ. އަދި އެ ކޯހުގައި ކުޑަކުދިން ހިޔާގައި ދިރިއުޅޭ ގްރޭޑް ހަތަކުން މަތީގެ ޖުމްލަ 22 ކުދިން ކުރެހުންތައް ހުށަހަޅާފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހިޔާގައި ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އެމްއެންޑީއެފްގެ ވޮރެންޓް އޮފިސަރު ގްރޭޑް ދޭ މުހައްމަދު ޔާމީން ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަ މަސައްކަތްތަކެއް ހިޔާގެ ކުދިން ދައްކައިދީފައިވާ ކަމަށާއި އެ ދާއިރާއިން އެ ކުދިންނަށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޖެންޑާ މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ހިންގި މަލްޓި މީޑިއާ، ވެބް ޑިޒައިނިން އަދި ސްކިލްސް ޓްރެއިން ކޯހުގައި ހިޔާގެ ދަރިވަރެއްގެ އާޓްވޯކެއް --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ