17 Jul 2011, 19:14
އަންނަ އަހަރުގެ ދިވެހި ލީގް ފުޓްބޯޅަ މުބާރާތައް ކޮލިފައިވާން ކުޅޭ ދިވެހި ލީގް ކޮލިފައިންގައި
ޔުނައިޓެޑް ވިކްޓަރީއާއި ދެކޮޅަށް ކުޅުނު މެޗް 3-1 ލަނޑުން ކާމިޔާބުކޮށް، ދިރާގު ދިވެހި ލީގުގެ ހަތް ވަނައިގައި އޮތް އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( ހަމަޖެހުމެއް ހޯދައިފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ލަނޑު އޭވައިއެލްއިން ޖެހީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އަލީ ޒުބައިރުއެވެ. އަދި މެޗްގައި އޭވައިއެލް އަށް އިތުރު ލަނޑެއް ވެސް ޒުބައިރު ޖަހައިދިނެވެ.
ދެޓީމްގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވަނީ އޭވައިއެލްގެ ކުޅުންތެރިންނަށެވެ. ނަމަވެސް ލަނޑުޖަހަން ލިބުނު ރަނުގެ ފުރުސަތު ތައް ވެސް އޭވައިއެލްގެ ކުޅުން ތެރިން ވަނީ ނަގާލައިފަ އެވެ.
މެޗްގައި އޭވައެލް އިން ޖެހި އެޓީމްގެ ދަވަނަ ލަނޑު ފެނިގެން ދިޔައީ 85 ވަނަ މިނެޓުގައި ޔާމީން އިބްރާހިމްގެ ފަރާތުންނެވެ. ޔުނައިޓެޑް ވިކްޓަރީން ޖެހި އެޓީމްގެ ހަމައެކަނީ ލަނޑު ފެނިގެން ދިޔައީ 68 ވަނަ މިނެޓުގައި އަބްދުﷲ ފާސިއުގެ ކިބައިންނެވެ.
މެޗްގައި އޭވައެލް އާއި ދެކޮޅަށް ނުކުތް ޔުނައިޓެޑް ވިކްޓަރީ އަކީ ފުރަތަމަ ޑިވިޝަނުގެ ގަދަބާރު ވިކްޓަރީގެ ބީ ޓީމުގެ ގޮތުގައި މަޝްހޫރުވެފައިވާ ޓީމެކެވެ.
ލީގު އުސޫލުން އެއް ބުރު ކުޅޭ ކޮލިފިކޭޝަނުގެ ގަދަ ދެ ޓީމަށް އަންނަ އަހަރު ދިރާގު ދިވެހި ލީގުން ޖާގަ ލިބޭނެ އެވެ. ފުލަށް ދާ ދެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.
މިމުބާރާތުގެ މެޗެއް ދެން ކުޅޭނޯ އަންނަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ މެޗްގައި ބައްދަލު ކުރާނީ މިއަދުގެ މެޗުން ބަލިވި ޔުނައިޓެޑް ވިކްޓަރީ އާއި ވިޔެންސާ އެވެ. މިމެޗަށް ނިކުންނައިރު ވިޔެންސާ ވަނީ އިއްޔެ ކުޅުނު މިމުބާރާތުގެ ފުރަތަމަ މެޗް ހުރާ އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން ކާމިޔާބު ކޮށްފައެވެ.