އާންމުންގޮވައިގެން ދަތުރުކުރި އިރާން އެއާ ފްލައިޓަކަށް އެމެރިކާއިން މިސައިލް ހަމަލާއެއްދީ ވައްޓާލި ހާދިސާ ދުވަހަކު ވެސް އިރާނުން ހަނދާން ނުނެތޭނެ ކަމަށް އިރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖާވީދު ޒާރިފް ވިދާޅުވެއްޖެ އެވެ.

ޒާރިފް އެހެން ވިދާޅުވީ އެ ހާދިސާ ހިނގިތާ 29 އަހަރު ފާހަނގަ ކުރުމުގެ ގޮތުން ކުރި ޓްވީޓެއްގައެވެ. އެ ހާދިސާ ހިނގާފައި ވަނީ 1988 ވަނަ އަހަރު އަހަރު އެވެ.

"ޖުލައި ތިނެއްގައި އެމެރިކާގެ މަނަވަރުން ދިން މިސައިލް ހަމަލާގައި ފްލައިޓުން ތަދުރުކުރަމުންދިޔަ 290 އާންމުން މަރުވި. އެ ހަމަލާގައި އެ މަނަވަރުގެ ކެޕްޓަނަށް ވަނީ މަޑެލް ދީފައި. އިރާނުން ދުވަހަކު ވެސް އެކަން ހަނދާން ނައްތައެއް ނުލެވޭނެ،" ޒާރިފް ވިދާޅުވިއެވެ.

އެންމެ ޒަމާނީ ރާޑަރު ސިސްޓަމްތައް އެމެރިކާގެ އަތުގައި ހުރިކަމުގައިވިޔަސް އެމެރިކާއިން އެ ހަމަލާދެވިފައި ވަނީ ހަނގުރާމަ މަތީ ބޯޓެއް ކަމަށް ހީކޮށް ކަމަށް އޮޅިގެން ކަމަށް ވަނީ ބުނެފައެވެ.

އެ ހަމަލާ ދިންތާ އެއް އަހަރު ފަހުން އެ މަނަވަރުގެ އޭރުގެ ކެޕްޓަން ވިލިއަމް ސީ ރޮޖާސްގައި އެއްވެސް އިހްމާލެއް ނެތް ކަމަށް ކަނޑައަޅައި ޖޯޖް ބުޝް އެމެރިކާގެ ލީޖަންގެ މެރިޓް މެޑަލް ގެ އެވޯޑް އޭނާއަށް ވަނީ އަރުވާފަ އެވެ.