ތުރުކީން ސީރިއާގެ އަފްރީން އަދި ހަލަބުގައި ތިބި ކުރުދީ ހަނގުރާމަވެރިންނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ތުރުކީން ވަނީ ބަރުހަތިޔާރާއެކު ކުރުދީން ގާއިމުވެގެން ތިބި ހިސާބަށް ރޭ ފަތިހު ހަމަލާދީފަ އެވެ.

އެ ހަމަލާތައް ބަދަލުކުރެވިފައި މި ވަނީ ސީރިއާގެ ގަސްތަލްގެ ވިހިކިލޯމީޓަރުގެ އުތުރުން މެނާގުގެ އެއާބޭސް ކައިރިގަ އެވެ.

އެ ހަމަލާތަކުގައި ތުރުކީން ވަނީ އެންމެ ބަރުހަތިޔާރުތައް ކަމަށްވާ ޓީ- 155 ގެ ޓޭންކްތަކާއި އަދި ޓީ-122ގެ އެއްފަހަރާ ފޮނުވާލެވޭ ރޮކެޓް ސިސްޓަމް ވަނީ ބޭނުންކޮށްފަ އެވެ.

ލަފާކުރެވޭ ގޮތުގައި އެ ހަމަލާތަކުގެ މަގުސަދަކީ ކުރުދީ ހަނގުރާމަވެރިން މަރުކަޒުތައް ކަމަށްވާ އަފްރީން އަދި ތެލް ރިފާތުގެ ސަޕްލައިލައިންތައް ނައްތާލައި ތުރުކީން ވާގިވެރިވާ ސީރިޔާގެ ގްރޫޕްތަކުގެ ބާރު ގަދަކުރުމަށެވެ.

ކުރުރީން ސީރިއާގައި ވަކި ފެޑަރަލް ދައުލަތެއް ގާއިމް ކުރުމުން ތުރުކީން ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފަ އެވެ. ކުރުދީންގެ އެންމެ ބޮޑު އާބާދީ އޮތީ ކުރުދީގައި ކަމަށްވާތީ އެ ގައުމުގައި ކުރުދީން ބާރު ގަދަކުރަން ފާށައިފިނަމަ ތުރުކީއަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. މީގެ ކުރިން ވެސް ތުރުކީގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ޕީކޭކޭ ކުރުދީންނާ ތުރުކީން ވަނީ ވަރަށް ބޮޑު ހަނގުރާމައެއް ކޮށްފައެވެ. އަދި މިހާރު ވެސް ދޭތެރެ ދޭތެރެއިން ޕީކޭކޭ އާއި ތުރުކީގެ ސިފައިންނާ ހަމަލާބަދަލުކުރެވެ އެވެ.