އެސްޓީއޯ ސުޕަމާޓުން ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ހަގީޒް ޑައިޕާސް އަދި ޕެއިންޓްސް މިއަަދު ބާޒާރަށް ނެރެފި އެވެ.

މިއަދު ހެނދުނު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައި "ހަގީޒް" ބާޒާރަށް ނެރެއްދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

މިއަދު ބާޒާރަށް ނެރެފައި ވަނީ ހަގީޒްގެ ހަގީޒްގެ ޕެއިންޓްސްް އަދި ޑައިޕާސް އެވެ. އެސްޓީއޯ އިން ބުނި ގޮތުގައި އެ ބްރޭންޑުގެ ޑައިޕާސް އަކީ މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ އަގު ހެޔޮ އަދި ކޮލިޓީ ނެޕީ އެވެ.

އެ ރަސްމިއްޔާތުގައި އެސްޓީއޯ އިން ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި (ކުޑަކުދިންގެ ހިޔާ) އަށް ހަ މަސް ދުވަހުގެ ނެޕީ ހަދިޔާކޮށްފަ އެވެ. ފިވަތީގެ ފަރާތުން އެތަކެޗާއި ހަވާލުވެއްލެއްވީ ފިޔަވަތީގެ ސީއީއޯ ފާތިމަތު ޝިޔާމާ އެވެ.

ހަގީޒް ބާޒާރަށް ނެރުމާ އެކު އެސްޓީއޯ ސްޕާމާޓް، އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން އެސްޓީއޯގެ ފާމަސީތަކުން ވެސް މިހާރު ހަގީސް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.