04 Jul 2017, 09:57
ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ޓްރެވަލް އިންޑަސްޓްރީގެ ސަރަހައްދީ އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް އިންޑިއާގެ "ދަ ޗާންސަރީ ޕެވިލިއަން" ހޮޓާ ހަމަޖައްސައިފިއެވެ.
ސާޓާގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ރާއްޖެއިން ހަމަޖައްސާފައިވަނީ ޗަމްޕާ ހޮޓަލެވެ. އިންޑިއާއިން ޗާންސަރީ ޕެވިލިއަން ހަމަޖައްސާފައިވާއިރު، އިންޑިއާއިން ނަން ހުށަހަޅާފައިވާ ހުރިހާ ބްރޭންޑެއްގެ ޕްރެޒެންޓޭޝަންތަކެއް ކުރިއަށް ގެންދާނީ އެ ހޮޓަލުގައެވެ. ރާއްޖެއިން ނޮމިނޭޓްކޮށްފައިވާ ފަރާތްތަކުގެ ޕްރެޒެންޓޭޝަންސްތައް ދައްކާލާނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ.
މިއަހަރުގެ އެވޯޑުގައި އިންޑިއާ، ސްރީ ލަންކާ، ތައިލެންޑް، ބޫޓާން އަދި ނޭޕާލްގެ ބްރޭންޑުތަކުން ނަން ހުށަހަޅާފައިވާއިރު އެ ގައުމުތަކުންވެސް ހޮސްޕިޓާލިޓީ ޕާޓްނަރުން ހަމަޖައްސާނެއެވެ.
އް ނޮމިނޭޓުކޮށްފައިވާ އިރު އެވޯޑުގައި ބައިވެރިވާ ގައުމުތަކުން 414 އަށްވުރެ ގިނަ ނޮމިނޭޝަންސް އެ އެވޯޑަށް ހުށަޅާފައިވެ އެވެ.
މިއަހަރުގެ އެވޯޑަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މަޝްހޫރު އަދި ދުނިޔޭއަށްވެސް މަޝްހޫރު ބްރޭންޑުތައް ހިމެނެއެވެ.
ހައިރައިޒުން އިންތިޒާމުކޮށްގެން މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަޓާ އެވޯޑަކީ ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. މިދިޔަ އަހަރުގެ އެވޯޑު ހަފްލާ ސްރީ ލަންކާގައި ބާއްވާފައިވާ އިރު މިއަހަރުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖައްސާފައި ވަނީ އައްޑޫ ސިޓީގައެވެ.
މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނެއެވެ.