ދުނިޔޭގެ ދިރިއުޅުމުގެ އަގު އެންމެބޮޑު ގައުމަކީ ނުވަތަ ސަހަރަކީ ކޮބައިތޯ މިއީ ބައެއް ފަހަރު ބައެއް މީހުން ކޮށްއުޅޭނެ ސުވާލެކެވެ. ގިނަބަޔަކު އެއްބަސްވަނީ ދިރިއުޅުމުގެ ހަރަދުތައް އެންމެ ބޮޑީ އެމެރިކާގެ ނިއު ޔޯކް ސިޓީ ކަމުގައެވެ.

ދާދިފަހުން 'މޫވްހަބް' ކިޔާ ބައިނަލްއަގުވާމީ ރިލޮކޭޝަން ކުންފުންޏަކުން ވަނީ އެންމެ އަގުބޮޑެތި ސަހަރުތަކުގެ ލިސްޓެއް ތައްޔާރުކޮށްފައެވެ. އެމީހުން މިކަން ބެލީ އެގައުމެއްގެ ކެއުމާއި ކާބޯތަކެއްޗާއި ދަތުރުފަތުރު ކޮށް އުޅުމުގެ ހަރަދާއި އެޕާޓްމެންޓް ނުވަތަ ކުލީގެ އަގުގެ އިތުރުން ފެނާއި ކަރަންޓްފަދަ ހިދުމަތްތަކުގެ އަގު ބަލާ އޭގެން އެވްރެޖް ސްކޯއެއް ހޯދައިގެންނެވެ.

އިޓަލީ---

ތިރީގައި މިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު 21 ގައުމެވެ. ލިސްޓް އަތުރާލެވިފައިވާނީ މިލިސްޓުގެ ތެރެއިން އެންމެ އަގު ހެޔޮ ގައުމުން ފެށިގެން އެންމެ އަގުބޮޑު ގައުމަށެވެ.

21. ގާނާ - ސްކޯ: 53.89

20. އިޓަލީ - ސްކޯ: 53.89

19. އިޒްރޭލު - ސްކޯ: 54.11

18. ކުވޭތު - ސްކޯ: 57.31

17. ޖަޕާން - ސްކޯ: 57.62

16. ނިއުޒިލެންޑް - ސްކޯ: 58.26

15. އެމެރިކާ - ސްކޯ: 58.59

14. އަޔަލޭންޑް - ސްކޯ: 59.56

13. ޑެންމާކް - ސްކޯ: 60.01

12. އޮސްޓްރޭލިއާ - ސްކޯ: 62.39

11. ޔޫއެސް ވާރްޖިން އައިލެންޑްސް - ސްކޯ: 62.56

10. ލަގްޒަމްބާގް - ސްކޯ: 64.18

ލަގްޒަމްބާގް---

09. ގަތަރު - ސްކޯ: 68.06

08. އެކުވެރި އަރަބި ދައުލަތް (ޔޫއޭއީ) - ސްކޯ: 68.39

07. ބަހާމާޒް - ސްކޯ: 73.63

06. ނޯރްވޭ - ސްކޯ: 74.47

05. ސިންގަޕޫރު - ސްކޯ: 76.59

04. އައިސްލޭންޑް - ސްކޯ: 80.47

03. ހޮންގް ކޮންގް - ސްކޯ: 81.93

02. ސްވިޒަލޭންޑް - ސްކޯ: 90.98

އަދި އެއްވަނައިގައި އޮތް އަގުބޮޑު ގައުމަކީ...

ބާމިއުޑާ---

01. ބާމިއުޑާ - ސްކޯ: 126.34