03 Jul 2017, 23:45
އޮންލައިން ނޫސް "އަވަސް"ގެ ސީއީއޯ ކަމުގެ މަގާމުން އިބްރާހީމް އުމަރު މަނިކު މިރޭ އިސްތިއުފާދެއްވައިފި އެވެ. މަނިކު ވަނީ ދާދި ދެންމެ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މަނިކު ވިދާޅުވީ ،"ދެން މި ވަގުތު އެތަނުގައި މަސައްކަތް ކުރެވެން ނެތީ" ކަމަށެވެ.
މަނިކު އަވަސް ނޫހުގެ ސީއީއޯ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އިރު އެ ނޫހުގެ މައި ހިއްސާދާރު މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކި ކުރުމަށް ހުށަހެޅި ލިސްޓުގައި ސޮއިކުރައްވައިފަ އެވެ.