17 Jul 2011, 16:52
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނާ ފޯ ނޯދަން ކަސްޓަމްސް ރީޖަން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަން ކުރެއްވީ، މާފަންނު މޭގަ މުހައްމަދު ސައީދެވެ.
މުހައްމަދު ސައީދު މިހާތަނަށް ހުންނެވީ، ކަސްޓަމްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.