Back
Nov 23, 2025 SUN
SUN

މުސްހަފް މާލްދީފްގެ ބައި ލައްކަ އަށް ވުރެ ގިނަ ކޮޕީ ބަހައިފި

މުސްހަފް މާލްދީފްގެ ބައި ލައްކަ އަށް ވުރެ ގިނަ ކޮޕީ ބަހައިފި
Lead photo

ކޮންމެ ދިވެއްސަކަށް ކީރިތި ގުރުއާނުގެ ކޮޕީއެއް ނުވަތަ މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން މިހާތަނަށް ބައި ލައްކަ އަށްވުރެ ގިނަ ކޮޕީ ބަހައިފި އެވެ.

"މުސްހަފް މާލްދީފް" ނުވަތަ "ކޮންމެ ދިވެހި ރައްޔިތަކަށް މުޞްހަފެއް"ގެ ނަމުގައި ދިވެހި ކޮންމެ ރައްޔިތަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން މަޝްރޫއެއް ފެށީ، މީގެ ތިން އަހަރު ކުރިންނެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭގެ ޖަމިއްޔާތަކާއި ބަހުރެއިންގެ ޤުރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް 100،000 މުސްހަފް ޗާޕު ކޮށްގެން ރާއްޖެ ގެނެސް ވަނީ ބަހަން ފަށައިފަ އެވެ.

މުސްހަފް ބަހަމުން ގެންދަނީ އުމުރުން 15 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ވިދާޅުވީ މިހާތަނަށް 52169 މުސްހަފް ބަހާފައިވާ ކަމަށެވެ.

އޭގެ ތެރެއިން މިހާތަނަށް މުސްހަފް ބަހާފައި ވަނީ 51 ރަށަކަށާއި އެއް ސިޓީގެ އިތުރުން ސަރުކާރުގެ 11 ކުންފުންޏަކަށް އަދި ސަރުކާރުގެ 33 އޮފީހަކަށެވެ. އޭގެ އިތުރުން 1590 ވަކި ފަރުދަކަށް އިސްލާމިކް މިނިސްޓްރީން މިހާތަނަށް މުސްހަފް ދޫކޮށްފައިވާ ކަމަށް އަހްސަން ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަކި ފަރުދުންނަށް މުސްހަފް ދޫކުރަމުން އަންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އާއި މެންދުރު ފަހު 1:30 އާ ދެމެދު އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭގެ ޖަމިއްޔާތަކާއި ބަހުރެއިންގެ ޤުރުއާން ކެއާ ސޮސައިޓީއާ ގުޅިގެން ފެށި އެ މަޝްރޫއަށް ފައިސާ ހޯދާފައި ވަނީ ސަރުކާރުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުނަގައި ދިވެހި ބައެއް ކުންފުނިތަކާއި އާންމުން ހަދިޔާ ކުރާ ފައިސާއިންނެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ވަރަށް އަވަހަށް މުސްޙަފްގެ އިތުރު ކޮޕީތަކެއް ގެންނާނެ ކަމަށާއި އެއާ އެކު އިތުރު މީހުންނަށް މުސްހަފް ބަހާނެ ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics