02 Jul 2017, 11:08
އެތުލެޓިކޯ މެޑްރިޑްގެ ސްޕެއިން މިޑްފީލްޑަރު ސައުލް ނިގޭޒް އެ ކްލަބާއެކު ހާދާފައިވާ އެއްބަސްވުން އިތުރު ނުވަ އަހަރަށް އާކޮށްފިއެވެ.
މިހާރު އުމުރުން 22 އަހަރުގެ ސައުލް އެތުލެޓިކޯގެ ޔޫތު އެކަޑަމީއާ ގުޅުނީ 2007 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.
މިހާރުވެސް ދިގު މުއްދަތަކަށް ކްލަބާއެކު ސޮއިކޮށްފައިވާ، ސައުލްގެ އެއްބަސްވުމުގެ މުއްދަތަށް ފަސްއަހަރުގެ މުއްދަތެއް އިތުރު ކުރުމުން އޭނާ އެ ކްލަބުގައި 2026 ވަނަ އަހަރާ ހަމައަށް މަޑުކުރާން ޖެހޭނެއެވެ.
ސައުލަކީ، ޕޮލެންޑުގައި ނިމިދިޔަ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ. ފައިނަލްގައި ޖަރުމަނު އަތުން ސްޕެއިން ބަލިވި އެ މުބާރާތުގައި ސައުލް ވަނީ ޖުމުލަ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.