02 Jul 2017, 10:09
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ސިންގަޕޫރުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޓެކްނޯ" ބްރޭންޑްގެ ގޭތެރޭގެ ސާމާނު ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.
މިވަގުތު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނާނީ އެ ބްރޭންޑުގެ ހޯމް އަދި އިންޑަސްޓްރިއަލް ކަންކަމަށް ބޭނުންކުރާ އުނދުން، އަވަން، ހުޑް، ދޮންނަ މެޝިން، ޑިޝްވޮޝަރ، ކޫލަރ، ފްރީޒަރ އަދި ޝަވަރ ހީޓަރއެވެ.
އަލަށް ތަޢާރަފް ކުރެވުނު ސާމާނުގެ ސަބަބުން ގޭތެރެއަށް އަދި ބަދިގެއަށް ބޭނުންވާ ކޮލިޓީ ޕްރޮޑަކްޓްސް ހެޔޮއަގެއްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނާނެއެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބުނި ގޮތުގައި ކުރިއަށްއޮތް ތަނުގައި އެސްޓީއޯގެ އަތޮޅުތެރޭގެ ފިހާރަތަކުންވެސް ޓެކްނޯ ބްރޭންޑްގެ ތަކެތި ލިބެން ހުންނާނެއެވެ. ނަމަވެސް މި ބްރޭންޑުގެ ތަކެތި މިވަގުތު ލިބެން ހުރީ ހަމަ އެކަނި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުންނެވެ.
ސިންގަޕޫރުގައިވެސް ބޮޑެތި ގިނަ ކުންފުނިތަކާއެކު މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް ކުރަމުން ގެންދާ ޓެކްނޯ ބްރޭންޑް ރާއްޖެއަށް ތަޢާރަފްކުރުމަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް ލިބޭ ވަރަށް ބޮޑު ފަޙުރެއްކަމަށް އެކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި މިބްރޭންޑްގެ އިތުރު ރޭންޖްތައް ތަޢާރާފްކުރާނެ ކަމަށްވެސް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ބުންޏެވެ.
އަދި މިބްރޭންޑް ތަޢާރަފްކުރުމާ އެކު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވަނީ ޓެކްނޯއަށް ޙާއްސަކޮށްގެން "އީދު އޮފާރ"ގެ ނަމުގައި ޕްރޮމޯޝަންއެއް ފަށާފައެވެ. މި ޕްރޮމޯޝަންގައި ޓެކްނޯގެ ހުރިހާ މުދަލަކުން %10 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްފޭސްބުކް ޕޭޖްގައި ޓެކްނޯގެ ހާއްސަ ލައިކް، ޝެއަރ އެން ވިން އެއް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބުންޏެވެ. އެ ޕްރޮމޯޝަން ކުރިއަށްދާނީ 13 ޖުލައިގެ ނިޔަލަށެވެ.
ޓެކްނޯ ބްރޭންޑްގެ މުދަލަށްވެސް އެސްޓީއޯއިން އެއް އަހަރު ދުވަހުގެ ވޮރެންޓީ ފޯރުކޮށްދެއެވެ.