01 Jul 2017, 22:51
ވިލިމާލޭ ބޭރުތޮށްޓަށް މުދާ އުފުލާ ދޯންޏެއް އަރައިގެން ދޯނި ފުންކުރުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުރެޝް ހައެއް ނަމަކަށް ކިޔާ މުދާ އުފުލާ އެ ދޯނު ވިލިމާލޭ ބޭރު ތޮށްޓަށް އެރިކަމުގެ ރިޕޯޓްކޮށްފައި ވަނީ މިރޭ މިރޭ 7:15 ގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ 70 ފޫޓްގެ އެ ދޯނި ފަރަށް ލެއްގީ ދޯނީގެ ބުރަފައްޗަށް ދިމާވީ މައްސަލައަކާއި ގުޅިގެން އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށެވެ. އަދި ދޯނި ފުންކުރުމުގެ މަސަތްކަތް އެމްއެންޑީއެފް ކޯސްޓް ގާޑް ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.